އިބްރާހިމް އިސްމާއިލް (އިބްރާ) މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
ފުލުހުން ބުނީ މިރޭ 8:30 ހާއިރު ފުލުހުން އިދާރާއަށް އިބްރާ ހާޒިރުކޮށްފައިވާ ކަމަށެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި އިބްރާ ހާޒިރުކޮށްފައިވަނީ ސޯޝަލް މީޑިއާގައި ނަފުރަތު އުފެއްދުމާއި އިންޒާރުދޭ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށެވެ.
އިބްރާ ފުލުސް އޮފީހަށް ހާޒިރުކޮށްފައި މިވަނީ ކީރިތި ރަސޫލާއާ ގުޅުވައިގެން އިބްރާ ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ދީނީ އިލްމުވެރިންގެ ފާޑުކިޔުން އޭނާއަށް އަމާޒުވަމުން ދަނިކޮށެވެ.