ޚަބަރު

ހޯމް މިނިސްޓަރުގެ މަގާމަށް އިމްރާން އައްޔަން ކުރެވުނު ފަހުން ދީނަށް ފުރައްސާރަކުރުން ވަނީ މެކުހަށް ޖަހާފައި: ނިހާން

މަރިޔަމް ޝަހުދާ

ހޯމް މިނިސްޓަރުގެ މަގާމަށް އައްޝެއިޚް އިމްރާން އަބްދުﷲ އައްޔަން ކުރެވުނު ފަހުން ދީނަށް ފުރައްސާރަކުރުން ވަނީ މެކުހަށް ޖަހާފަކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވެފައި ވަނީ ކުރެއްވި ޓުވީޓެއްގައެވެ. މީގެ އިތުރުން ނިހާން ވަނީ މިނިސްޓަރ އިމްރާންގެ އިސްތިއުފާއަށް ގޮވާލައްވައި މި ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށް ވިދާޅުވެފަ އެވެ..

ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ދީނަށް ހަޖޫ ޖެހުން އިތުރުވެފައިވާ އިރު ފުލުހުން ވަނީ ސޯޝަލް މީޑިއާގައި ނަފުރަތު އުފެދޭގޮތަށް ދައްކާ ވާހަކަތައް ތަހުގީގު ކުރާނެ ކަމަށް ބުނެފައެވެ.