ބ. ދަރަވަންދޫ ކުނިގޮނޑުގައި އަލިފާން ރޯވެއްޖެއެވެ.
ފުލުހުން ބުނީ ދަރަވަންދޫ ކުނިގޮނޑުގައި އަލިފާން ރޯކޮށްލާފައިވާކަމުގެ މައުލޫމާތު މިރޭ 8:20 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން އަދި ދަރަވަންދޫ އެއާޕޯޓު ފަޔާ މިހާރު ކުނިގޮނޑުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާރު ދަރަވަންދޫ ކުނިގޮނޑުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.