ޚަބަރު

ފީނަން ގޮސް އުޅުނު ރަޝިއާ ފަތުރުވެރިޔަކު މަރުވެއްޖެ

ސަފާރީއަކުން ފީނަން ގޮސް އުޅުނު ރަޝިއާ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ސަފާރީއަކުން ފީނަން ގޮސް އުޅުނު ފަތުރުވެރިއެއް މަރުވިކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 6:06 ހާއިރު ލިބިފައިވާ ކަމަށެވެ.

މަރުވެފައިވަނީ 40 އަހަރުގެ ރަޝިއާ އަންހެނެއް ކަމަށާއި އޭނާ ޑައިވިންއަށް ދިޔައީ އދ. މުޝިމަސްގިލި ކައިރިއަށް ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާގެ ހަށިގަނޑު މިހާރު އޮތީ ސަފާރީގައެވެ. އެ ސަފާރީއަށް ދިއުމަށް ފުލުހުން ދަތުރުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއަދު ވަނީ ކ. ތުލުސްދޫގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން ފަރުވާ ދިނުމަށް އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އޭގެ އިތުރުން މިމަހުގެ ކުރީކޮޅު ފިލިޕީންސްގެ ދެމަފިރިއަކު ގެނބިގެން މަރުވެފައިވާ އިރު، ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ހިނގި ދެ ހާދިސާއެއްގައި ދެ ފަތުރުވެރިޔަކު ވަނީ މަރުވެފައެވެ.