ޚަބަރު

ހިރިލަންދޫ އިން ކަނޑިތަކެއް ފެނިއްޖެ

މަރިޔަމް ޝަހުދާ

ތ. ހިރިލަންދޫ އިން ކަނޑިތަކެއް ފެނިއްޖެއެވެ.

ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވަނީ "ވަން އޮންލައިން"އަށް މިކަން ކަށަވަރުކޮށްދެއްވައިފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވަން އޮންލައިނަށް މައުލޫމާތުދެމުން ވިދާޅުވީ މިއަދު މެންދުރު ހިރިލަންދޫގައި ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި މި ކަނޑިތައް ފެނިފައިވަނީ ގެއެއްގެ ތެރެ ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ. އެ ގެއިން ދެ ކަނޑި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މީގެ އިތުރުން ފުލުހުން ވަނީ މި މައްސަލައިގައި މީހަކު އަދި ހައްޔަރު ނުކުރާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

މިއަދު މާލޭގެ އާޓިފިޝަލް ބީޗުގެ ޑައިނަމޯ ހުރި ސަރަހައްދުގައި ފޮރުވާފައި ހުއްޓައިވެސް ފުލުހުން ވަނީ ތޫނު ހަތިޔާރުތަކެއް ހޯދައިފައެވެ.