ފަތުރުވެރިކަމާ ގުޅުން ހުރި މުހިއްމު ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޓުއަރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހުގެ ނިޔަލަށް ހުޅުވާލައިފައި އޮންނާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ޓުއަރިޒަމް ދާއިރާގައި ހުރި ގަވާއިދުތަކާއި އުސޫލުތަކަށް އިސްލާހު ގެނައުމަށް ފެންނަ ނަމަ އެކަންތައް ބެލުމަށް ގާނޫނަށް ރިއާޔަތްކުރުމަށެވެ.
އަދި މެއިލް މެދުވެރިކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވަނީ މިނިސްޓްރީން ބުނެފައެވެ.