ޚަބަރު

ހޮޓެލް އެސޯސިއޭޝަން އޮފް ބަންގްލަދޭޝް އިން ސަޓާ އެންޑޯސް ކޮށްފި

މުހައްމަދު އައުޒަމް

ހޮޓެލް އެސޯސިއޭޝަން އޮފް ބަންގްލަދޭޝް އިން ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އެންޑޯސްކޮށްފިއެވެ.

ހޮޓެލް އެސޯސިއޭޝަން އޮފް ބަންގްލަދޭޝް އިން ނެރުނު ބަޔާނެއްގައި އެ އެސޯސިއޭޝަނުން ސަޓާ އެންޑޯސް ކުރުމުން މިސަރަހައްދުގައި ބަންގްލަދޭޝްގެ ޓުއަރިޒަމް އިސްތިހާރުވެ އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް ވަނީ ބުނެފައެވެ.

ހޮޓެލް އެސޯސިއޭޝަން އޮފް ބަންގްލަދޭޝްގެ ފައުންޑިން ރައީސް ހާކިމް އަލީ ވަނީ ސަޓާގައި ބަންގްލަދޭޝްގެ ފަރާތްތަކުން ބައިވެރިވެ އެވޯޑް ހާސިލް ކުރުމަކީ ދާއިރާއިން އިތުރު މާކެޓްތަކަށް ދޮރުހުޅުވި ގިނަ ބަޔަކަށް މައުލޫމާތު ފޯރާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އެންޑޯސް ކޮށްފައިވާ ފަރާތްތައް:

- ފެޑަރޭޝަން އޮފް ޗެމްބާސް އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ އިން ސްރީލަންކާ (އެފް.ސީ.ސީ.އައި.އެސް.އެލް)
- ކޮލަމްބޯ ޗެމްބަރ އޮފް ކޮމަރސް (ސީ.ސީ.ސީ)
- މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)
- މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަ.ޓާ.ޓޯ)
- ކޮންފަޑްރޭޝަން އޮފް އެކްރެޑިޓެޑް ޓުއަރ އޮޕަރޭޓާސް (ސީ.އޭ.ޓީ.އޯ)
- އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އޭ.ޓީ.އޭ)
- އެސޯސިއޭޝަން އޮފް ޓުއަރިޒަމް ޓްރޭޑް އޯގަނައިޒޭޝަންސް އިންޑިއާ (އޭ.ޓީ.ޓީ.އޯ.އައި)
- އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓުއަރިޒަމް (އޭ.ޕީ.ޓީ)
- ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭ.އެޗް.ޖީ.އެމް.ސީ)
- ނޭޕާލް ޓުއަރިޒަމް ބޯޑް (އެން.ޓީ.ބީ)
- ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)
- އިންޑިއަން އެސޯސިއޭޝަން އޮފް ޓުއަރ އޮޕަރޭޓާސް (އައި.އޭ.ޓީ.އޯ)
- ހޮޓެލް އެންޑް ރެސްޓައުރަންޓް އެސޯސިއޭޝަން އޮފް ބޫޓާން (އެޗް.އާރް.އޭ.ބީ)

ސަޓާ އެވޯޑަކީ މިސަރަހައްދުގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގެ އިތުރުން ސަފާރީތަކާއި ޓްރެވަލް ކުންފުނިތަކަށް ހުޅުވާލައިގެން ދޭ އެވޯޑެކެވެ. ސަޓާ އަކީ 2016 ވަނަ އަހަރުން ފެށިގެން ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ އެވޯޑެކެވެ.