ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލި ޓްރާންސިޝަނަލް ކޮމެޓީން ތައްޔާރުކުރި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ސަރުކާރު ބަދަލުވުމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް އުފެއްދެވި ޓްރާންސިޝަނަލް އޮފީހުގެ ފަރާތުން އެކުލަވައިލައްވާފައިވާ ޓްރާންސިޝަނަލް ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެރުވީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ހެންވޭރު ސީވީޑް އަހްމަދު ލަތީފެވެ.
ޓްރާންސިޝަނަލް ރިޕޯޓް ތައްޔާރުކޮށްފައިވަނީ ޓްރާންސިޝަނަލް އޮފީހުން އެކުލަވާލެއްވި ކޮމިޓީތަކުން ސަރުކާރުގެ ވުޒާރާތަކާއި އެކިއެކި އިދާރާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުން ހޯއްދަވައިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.