ޚަބަރު

މަރުވެފައި އޮތް ބިދޭސީއަކު ވެސް ހުޅުމާލޭން ފެނިއްޖެ

އަހުމަދު ޖައިޝަން

މަރުވެފައި އޮތް ބިދޭސީއަކު ވެސް ހުޅުމާލޭން ފެނިއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

އޭނާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ގެއިން ކަމަށް ފުލުހުން ބުނެއެވެ. އޭނާ ދިރިއުޅެނީ ބިދޭސީން ދިރިއުޅޭ ތަނެއްގައި ކަމަށްވެސް މައުލޫމާތު ދެއެވެ.

އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާއިރު އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު 1400 ހާއިރެވެ.

ފުލުހުން ބުނީ ބިދޭސީ މީހާގެ ހަށިގަނޑު ބަލާ ބެލުމަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމަށް ފެންނަން ނެތް ކަމަށެވެ.

ހުޅުމާލޭގައި ބިދޭސީއެއް މަރުވިއިރު މިއަދު ވަނީ ހުޅުމާލޭގެ ރޯ ހައުސްއެއްގެ ޓެރަސް މަތީން މަރުވެފައި އޮތް ދިވެއްސެއްވެސް ފެނިފައެވެ. އޭނާގެ އުމުރަކީ 80 އަހަރު ކަމަށާއި އޭނާ މަރުވި ސަބަބެއް ނޭނގޭ ކަމަށް ފުލުހުން ބުނެއެވެ.