ޚަބަރު

ރައީސް ސޯލިހުގެ ފަސް އަހަރު ފުރިހަމަ ކުރަން އެދޭނަމަ ދީނަށް ފުރައްސާރަ ކުރާ މީހުން ހުއްޓުވާ! : އުމަރު ނަސީރު

އަހުމަދު ޖައިޝަން

2

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ފުރިހަމަ ކުރައްވަން އެދިވަޑައިގަންނަވާ ނަމަ ދީނަށް ފުރައްސާރަކުރާ ރަހުމަތްތެރީން ހުއްޓުވަން ޖެހިވަޑައިގަންނަވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ނަސީރު ވިދާޅުވީ ދީނަށް ފުރައްސާރަކުރާ ރަހުމަތްތެރީން ހުއްޓުވައި ފިޔަވަޅު އަޅުއްވަން ޖެހޭ ކަމަށެވެ.

ދިވެހިރާއްޖޭގައި ތިބި ލާދީނީ ފިކުރުގެ އެންމެނަށް އާ ހިތްވަރެއް ލިބި ސަރުކާރުގެ އެތެރެ ކޮއިލްގެ އިސް މީހުން ފާޅުގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ހަޖޫ ޖަހައި އުޅެން ފަށައިފި ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިސްލާމްދީނުގެ ހުރުމަތް ކެނޑި އެއްވެސް ވެރިކަމެއް ރާއްޖޭގައި ދެމިގެން ގޮސްފައި ނުވާ ކަމަކީ ރާއްޖޭގެ ތާރީހުން ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

"މުހައްމަދު އަމީންގެ ވެރިކަމަށް ބެލި ނަމަވެސް، މުހައްމަދު ނަޝީދުގެ ވެރިކަމަށް ބެލި ނަމަވެސް ހާމަ ވާނީ މި ހަގީގަތް،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟