ޚަބަރު

ހުޅުމާލޭ ރޯހައުސް އެއްގެ ޓެރަސްމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭ ރޯހައުސް އެއްގެ ޓެރަސްމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޯހައުސްއެއްގެ ޓެރަސް މަތީގައި މަރުވެފައި އޮއްވައި ފެނިފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު 1:10ހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.