މީރު އައިލެންޑް ރިޒޯޓް އެންޑް ސްޕާގެ ފަޅު ތެރޭގައި އޮތް ސަފާރީ އެއްގައި އެއްޗެއް ގޮވައިގެން ދެމީހަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
މި ހާދިސާގައި ފިހިފައި ވަނީ ދިވެއްސަކާއި ސްރީ ލަންކާގެ ރައްޔިތެކެވެ.
މި ދެ މީހުންގެ މޫނާއި ބަނޑާ ދިމާލުން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށާއި، އެ ދެމީހުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދަން ރިޒޯޓުން މިހާރު ފުރުވާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ މީރު އައިލެންޑް ރިޒޯޓް އެންޑް ސްޕާގެ ފަޅު ތެރޭގައި އޮތް ސަފާރީ " ސާރާ 1" ގައި މިއަދު 11:45 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އެއްޗެއް ގޮވިއަސް ސަފާރީ ގައި ރޯވެފައި ނުވާ ކަމަށާއި، ގޮވީ ކޮން އެއްޗެއްކަން އަދި ސާފު ނުވާ ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ ފުލުހުންނަށް މިހާދިސާގެ މައުލޫމާތު ލިބުނީ 12:50 ގައި ކަމަށެވެ.