ޚަބަރު

އާޓިފިޝަލް ބީޗު ސަރަހައްދު ގައި ފޮރުވާފައި ހުރި ތޫނު ހަތިޔާރުތަކެއް ފެނިއްޖެ

އަހުމަދު ޖައިޝަން

މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ފޮރުވާފައި ހުރި ތޫނު ހަތިޔާރުތަކެއް މިއަދު ފެނިއްޖެ އެވެ.

ފުލުހުން ދާދި ދެންމެއަކު ބުނީ އެ ހަތިޔާރުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ފެނިފައި ވަނީ އެކި ސައިޒުގެ ވަޅިތަކެކެވެ. އޭގެ ތެރޭގައި ފިޔޮއްސާއި ކަތިވަޅި ވެސް ހިމެނެ އެވެ.

އެތަކެތި ފެނިފައިވަނީ އާޓިފިޝަލް ބީޗުގައި ޑައިނަމޯ ހުރި ސަރަހައްދުގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން"އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް މިވަގުތު ހިއްސާކުރެވެން ނެތް ކަމަށެވެ.