ހުޅުމާލޭ ގައި މިމަހުގެ 11ވީ ހުކުރު ދުވަހުގެ ރޭ، ޒުވާން އަންހެނަކު މަރުވި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން އޮންލައިން"އަށް ވިދާޅުވީ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިވަނީ އިއްޔެ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
ހުޅުމާލޭގައި މަރުވެފައި ވަނީ ހުޅުމާލެ، މުރަކަ -7، އާއިޝަތު ވިިިިިިިިިިިިިިިިިިިިޝާމާ، 27އ އެވެ.
ވިޝާމާގެ މަރުގެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ.