އދ. މަހިބަދޫން މަސްތުވާތަކެއްޗާއެކު އުމުރުން 26 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މަހިބަދޫ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ރޭ ފަތިހު 0415ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާއާ އެކު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ދެ ރަބަރު ޕެކެޓު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން ބުނީ މިހާރު އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.