މަގުމަތީގެ އެކްސިޑެންޓް

ސެނަހިޔާ ކައިރީގައި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މިރޭ ސެނަހިޔާ ކައިރީ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ވަނީ ދާދި ދެންމެ މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

ފުލުހުން ބުނީ އެ ތިން މީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައި ކަމަށާއި އޭގެން އެކެއްގެ ހާލު ސީރިއަސް ކަމަށެވެ.

ފުލުހުން ދާދި ދެންމެ އިތުރު މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި އެކްސިޑެންޓާ ގުޅިގެން ފަރުވާ ދެމުން އަންނަ ތިން މީހުންގެ ދެމީހުންގެ ހާލު ސީރިއަސް އެވެ.

މިރޭ ދެ ސައިކަލެއް ޖެހި އެކަސިޑެންޓުވެ ދެ މީހެއްގެ ހާލު ސީރިއަސްވެފައި ވާއިރު މިދުވަސްވަރު އެކްސިޑެންޓުތައް ވަނީ އާދަޔާ ޚިލާފަށް ގިނަވެފަ އެވެ. މިއަދު ހެނދުނު މަސްމާރުކޭޓު ކުރިމަތީ ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލަކުން ޖެހި ޒަޚަމްވުމާ ގުޅިގެން އެ ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖަކު ވަނީ މަރުވެފަ އެވެ.