ޚަބަރު

ފެންފުށީ ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1

އދ. ފެންފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މައުލޫމާތު ލިބޭގޮތުގައި މިހާދިސާ ގައި ރޯވީ އެރަށު ގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއްގެ ބަދިގާގަ އެވެ. މި ހާދިސާ މިއަދު ހަވީރު ފަސްގަޑި ދިހައެއް ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާއިރު، މިހާރު އެތަނުގެ އަލިފާންގަނޑު ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ނިއްވާލާފައެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފު ވެފައި ނުވާއިރު މި ހާދިސާ ގައި އެއްވެސް ފަރާތަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟