ޚަބަރު

މާލޭގައި އިތުރު އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

މަރިޔަމް ޝަހުދާ

މާލޭގައި އިތުރު އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން" އަށް ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ސެނެހިޔާ ކައިރިން ރިންގް ރޯޑުގައި ކަމަށެވެ. ދެ ސައިކަލު ޖެހިގެން ހިނގި މި އެކްސިޑެންޓު ގައި އެކަކަށް އަނިޔާވެ، މިހާރު ސެނެހިޔާގައި އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް މި އެކްސިޑެންޓްގައި އެއްވެސް ފަރާތަކަށް ސީރިޔަސް އަނިޔާ އެއް ނުލިބޭ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގެ ރިޕޯޓު ލިބިފައިވަނީ ފަހެއް ޖަހާކަންހާއިރު ކަމަށެވެ.

މިއަދު ހެނދުނު މާލޭގެ މަސްމާރުކޭޓު ސަރަހައްދުގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފަ އެވެ.

މި އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖަކަށް ލިބުނު އަނިޔާތަކަށް ފަރުވާދެނިކޮށް ވަނީ ނިޔާވެފަ އެވެ.

މިއަދު ހެނދުނު ލ.ގަމުގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެ ވެ.