ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލަށް މިއަދު ބަދަލުކުރީ އޭނާ ހޮސްޕިޓަލުން މިއަދު ދޫކޮށްލުމާ ގުޅިގެން ކަމަށް ކަރެކްޝަންސް އިން ބުނެފި އެވެ.
ކަރެކްޝަންސް އިން މިހެން ބުނީ ދާދި ދެންމެ ކުރި ޓުވީޓެއްގަ އެވެ.
"ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ޑިސްޗާޖު ކުރެއްވުމާ ގުޅިގެން މިއަދު މާފުށީ ޖަލަށް ބަދަލުކުރެވިފައި." ކަރެޝަނުން ކުރި ޓުވީޓުގައި ބުނުފައިވެ އެވެ.
ކަރެކްޝަނުން މިހެން ބުނި އިރު އަދީބުގެ އާއިލާއިން ބުނެފައި ވަނީ އަދީބު ޖަލަށް ގެންދިޔައީ ޑޮކްޓަރުން ދީފައިވާ ލަފަޔާއި އިރުޝާދާ ދެކޮޅަށް ކަމަށެވެ. އަދި ހޯމް މިނިސްޓަރު އަދީބުގެ ސިއްހީ ފަރުވާއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުރަސް އަޅުވައި ޑޮކްޓަރުންނަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ވެސް އާއިލާއިން އަންނަނީ ބުނަމުންނެވެ.