މުހައްމަދު އައުޒަމް
މިއަހަރުގެ ފުރަތަމަ ހަނދުކޭތަ، ބްލަޑް މޫންއަކާއެކު މާދަމާރޭ ހިފާނެއެވެ.
ބްލަޑް މޫން އަކާއެކު މާދަމާރޭ ހިފާ މިހަނދު ކޭތަ އަކީ ފުރިހަމަ ހަނދުކޭތައެއް ކަމަށް ފަލަކީ ދިރާސާތަކުން ދައްކައެވެ.
ވަން އޮންލައިންއަށް މައުލޫމާތު ދެއްވަމުން ރާއްޖޭގެ މޫސުމާބެހޭ އިދާރާގެ އޮފިޝަލަކު ވިދާޅުވީ މާދަމާރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ހަނދުކޭތަ ފެންނާނެ ކަމަށް ބެލެވެނީ ނޯރތް އަދި ސައުތު އެމެރިކާ ސަރަހައްދުތަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
އެންމެފަހުން ފުރިހަމަ ހަނދު ކޭތައެއް ހިފާފައިވަނީ މިދޔައަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ހަނދުކޭތަ ރާއްޖެއަށް ވަރަށް ސާފުކޮށް ވަނީ ފެނިފައެވެ.
މިއަހަރު ފުރިހަމަ ހަނދު ކޭތައެއް ދެން ހިފާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ އަންނަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ އިތުރުން މާޗް މަހުގެ 21 ވަނަ ދުވަހުއެވެ.