ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރި ފަރާތްތަކަށް މައުމޫން މަރުހަބާ ދަންނަވައިފި

ޝަހީދާ އަބްދުﷲ ސައީދު

އިއްޔެ ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބުކުރި ހުރިހާ ފަރާތްތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ރައީސް މައުމޫނު ކުރެއްވި ޓުވީޓެއްގައިވަނީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯއްދެވި ހުރިހާ މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.

އަދި އެންމެން ގުޅިގެން ގައުމުގެ ހަމަޖެހުމާ ސަލާމަތަށް މަސައްކަތްކުރުމަށް ރައީސް މައުމޫން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަނބަލުން ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫންވެސް ވަނީ ޕްރައިމަރީ ކާމިޔާބުކުރި ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.

މިނިސްޓަރު ޔުމްނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރި ފަރާތްތަކަށާއި ޕްރައިމަރީގައި ވާދަކުރި ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.