ރޭ މާލޭގައި ހިންގި މާރާމާރީއާގުޅިގެން ފުލުހުން މީހަކު ހައްޔަރު ކޮށްފި އެވެ.
ރޭ 12:05ހާއިރު ހިންގި އެ މާރާމާރީގައި އަނިޔާވި ކުޑަކުއްޖާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި 21 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކާނިވާ ސަރަހައްދުގައި ހިންގި މި މާރާމާރީގައި އަނިޔާވި ކުޑަކުއްޖާ އޭޑީކޭއަށް ގެންގޮސް ފަރުވާދިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަނިޔާވި ކުއްޖާގެ ހާލާ ގުޅޭ ގޮތުން އޭޑީކޭގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި މި މާރާމާރީގައި ކުޑަކުއްޖާގެ ބޮލަށް ވަނީ ބިއްލޫރި ފުޅިއެއް ތަޅައިލައިފަ އެވެ.
ދާދިފަހުން ހުޅުމާލޭގައިވެސް މާރާމާރީއެއް ހިންގައި 17 އަހަރުގެ ދެ ކުދީންނަށް ވަނީ އަނިޔާތަކެއް ވެފައެވެ.