ޚަބަރު

ތިން މީހުންނާއެކު ގެއްލުނު "ފްރެޝް" ދޯނި ފެނިއްޖެ

އިބްރާހިމް ޒަކީ

ގެއްލިގެން ހަބަރެއް ނުވެގެން އުޅުނު ދޯނި ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، ގދ.ތިނަދޫން 03 މީހުންނާއި އެކު ފުރައިގެން މާލެ ދަތުރުކުރި "ފްރެޝް" ނަމަކަށް ކިޔާ ދޯނި، އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުން ދަނިކޮށް އެ ދޯނީގެ ހަބަރެއް ވެފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، ދޯނި ހޯދުމަށް ކޯސްޓްގާޑުން ކުރި މަސައްކަތުން ދޯނީގެ ޚަބަރެއް ވެފައިވަނީ ރޭ 00:50 ހާއިރު އެ ދޯންޏާ ގުޅުމުންނެވެ. އަދި ދޯންޏާ ގުޅުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ދޯނި އޮތް ސަރަޙައްދަށް ގޮސް ދޯންޏާ ބެހޭ މަޢުލޫމާތު ވަނީ ނަގާފައެވެ.

ދޯންޏާ ހަވާލާދީ ކޯސްޓްގާޑުން ބުނެފައިވަނީ ދޯންޏާ ނުގުޅި ގޮސްފައިވަނީ އިންޖީނު ހުއްޓުމުގެ ސަބަބުން ކަމަށެވެ. އަދި ދޯނީގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު ރޭ ފަތިހު ހަތަރެއް ޖަހާކަންހާއިރު ގދ.ތިނަދޫއަށް ވަނީ ވަދެފައެވެ.

މި ދޯނި ފެނުނު އިރު ދޯނީގައި ތިބި މީހުންގެ ހާލުވެސް ރަނގަޅެވެ. ދޯނީގައި ތިބީ ދިވެއްސަކާއި 2 ބިދޭސީންނެވެ.