ޚަބަރު

ކޮންޓުރެކްޓު އުސޫލާ ހިލާފަށް ނިންމާ މަސައްކަތްތަކާ ހަވާލެއް ނުވާނަން: މަހުލޫފު

އިބްރާހިމް ޒަކީ

މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން އެކި ފަރާތަކާ ހަވާލުކުރާ މަސައްކަތްތަކުގެ ތެރެއިން ކޮންޓުރެކްޓާ ހިލާފަށް ނިންމައި މަސައްކަތްތަކާ މިނިސްޓްރީން ހަވާލު ނުވާނެ ކަމަށް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފު މިހެން ވިދާޅުވީ، ރަށްރަށުގައި ސްޕޯޓްސް މިނިސްޓްރީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ ކޮންޓްރެކްޓަރުންގެ މަސައްކަތްތަކާމެދު ސުވާލު އުފައްދައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންޓްރެކްޓާ އެއްގޮތަށް މަސައްކަތް ނިންނުމާއި، ފެންވަރު ދަށްވުގެ މައްސަލަތައް ދިމާވާ ކަމަށެވެ. އެ ފަދަ ބައެއް މައްސަލަތައް މިނިސްޓްރީން ހުއްޓުވާފައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ގއ. ވިލިނގިލީގެ ފުޓްސެލް ދަނޑުގެ މަސައްކަތާއި، އއ. ތޮއްޑޫގައި ކުރަމުންދާ ބައެއް މަސައްކަތް ހުއްޓުވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ހިންނަވަރު ޓާފް ދަނޑާ ހަވާލުވެފައި ނުވަނީ، އެއްބަސްވުމާ އެއްގޮތަށް އެކަންތައް ކުރިއަށް ގެންގޮސްފައިނުވާތީ ކަމަށާއި، އެ ދަނޑާ ހަވާލު ވާނީ، ހަވާލނުވެ މހުރި އެތަނުގެ ސަބްވޭގައިހުރި މައްސަލަތައް ހައްލު ކުރުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސްޕޯޓްސް މިނިސްޓްރީން ހަވާލު ކުރާ މަސައްކަތްތައް ނިންމަންއޮންނަ ތާރީހުތަކަށް ނިންމާނަމަ އެތައް ރަށެއްގައި އެ މިނިސްޓްރީގެ އެތައް މަސައްކަތްތަކެއް ގާއިމް ކުރެވިފައވާ ކަމަށެވެ.