ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޖެހި ސައިކަލު ދުއްވަން އިން ކުއްޖާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގާތުގައި މި ހާދިސާ ހިނީ މިއަދު ހެނދުނު 7:00 އެހާއިރު މަސްމާރުކޭޓު ކުރިމަތީގަ އެވެ. އެކްސިޑޭންޓުވުމަށް ފަހު ވެއްޓިފައި އޮތް ޒުވާނާގެ އެވަގުތު ވިންދު ނެތް ކަމަށާއި އެކަމަކު ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވިންދު ޖަހާ ކަމަށް ވެސް ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެ އެވެ.
ހާދިސާގައި އަނިޔާވީ 17 އަހަރުގެ ކުއްޖަކަށް ކަމަށާއި އެ ކުއްޖާގެ ހާލު ކްރިޓިކަލް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފޮޓޯއިން ފެންނަ ގޮތުގައި އެކުއްޖާ ވެއްޓިފައި އޮންނަ އިރު ހަށިގަނޑުގައި އެއްވެސް ކަހަލަ ހަރަކާތެއް ނުހުރެ އެވެ. އަދި ޕާކުކޮށްފައި އޮތް ޕިކަޕުގައި ޖެހި އެކުއްޖާ ދުއްވި ސައިކަލު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.