ޚަބަރު

ކާނިވާ ސަރަހައްދުގައި މާރާމާރީއެއް ހިންގައި ކުޑަކުއްޖަކު ޒަޚަމްވެއްޖެ

އަހުމަދު ޖައިޝަން

މާލޭ ކާނިވާ ސަރަހައްދުގައި މިރޭ މާރާމާރީއެއް ހިންގައި ކުޑަކުއްޖު ޒަޚަމްވެއްޖެ އެވެ.

ފުލުހުން ބުނީ އެ މާރާމާރީ ހިނގާފައިވަނީ މިރޭ 12:05ހާއިރު ކަމަށެވެ. އެ މައްސަލައިގައި އަނިޔާވި ކުޑަކުއްޖާއަށް ފަރުވާ ދިނުމަށް އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަނިޔާވި ކުއްޖާގެ ހާލާ ގުޅޭ ގޮތުން އޭޑީކޭގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި މި މާރާމާރީގައި ކުޑަކުއްޖާގެ ބޮލަށް ވަނީ ބިއްލޫރި ފުޅިއެއް ތަޅައިލައިފަ އެވެ.

ދާދިފަހުން ހުޅުމާލޭގައިވެސް މާރާމާރީއެއް ހިންގައި 17 އަހަރުގެ ދެ ކުދީންނަށް ވަނީ އަނިޔާތަކެއް ވެފައެވެ.