ބ. އަތޮޅު ކައުންސިލުގެ މެންބަރު ފާތިމަތު ޝިފާނާ ގެނބިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ބ. އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރު ވަނީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަން "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.
މަބްރޫކް ވިދާޅުވީ، އެ ހާދިސާ ހިނގީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް މެންބަރު ޝިފާނާގެ ހާލު ސީރިއަސްކަމެއް ނުވަތަ ނޫން ކަމެއް އެނގިފައެއް ނުވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެނބިގެން ދޭތެރެ ދޭތެރެއިން ހިތާމަވެރި ހާދިސާތައް ހިނގައެވެ. މިދިޔަ މަހު ފުވައްމުލަކުގައި މޫދަށް އެރި އުޅުނު ކުޑަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް އުޅުމުގެ ތެރޭގައި އުމުރުން 17 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ.