ޚަބަރު

އެމްޑީޕީ ޕްރައިމަރީ: މެންބަރު އާޒިމާއި މުސްތަފާއަށް ކާމިޔާބު

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިހާރުވެސް ތިއްބެވި ބޭފުޅުން ކަމަށްވާ އަލީ އާޒިމާއި މުހައްމަދު މުސްތަފާ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރައްވައިފިއެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި މެދުހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ކުރިމަތިލައްވާފައިވަނީ މިހާރުވެސް ހުންނެވި ދާއިރާއަށެވެ.

އެ ދާއިރާއަށް އިތުރު ފަސް ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެއީ އަލީ އައިމަން އާއި އަހުމަދު ޝައްފާނާއި ނޫހު އިބްރާހީމާއި އަހުމަދު ހުސައިންމަނިކު އަދި އިސްމާއީލް ރިމާހެވެ.

ތިމަރަފުށީ ދާއިރާގައި މިހާރު ހުންނެވި މެމްބަރު މުސްތަފާ މިފަހަރުވެސް ކުރިމަތިލައްވާފައިވަނީ އެ ދާއިރާއަށެވެ.