ޚަބަރު

އެމްޑީޕީ ޕްރައިމަރީ : ހަސަން ލަތީފާއި ހިސާންވެސް ޕްރައިމަރީ ކާމިޔާބުކޮށްފި

އަހުމަދު ޖައިޝަން

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ގާނޫނީ ވަކީލާ ހިސާން ހުސައިން އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރައްވައިފި އެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި ހަސަން ލަތީފު ވާދަކުރައްވައިފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ. ހިސާން ޕްރައިމަރީގައި ވާދަކުރައްވާފައިވަނީ ތުޅާދޫ ދާއިރާއަށެވެ.