ޚަބަރު

ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާއަށް އުރީދޫގެ 5ޖީ މިހާރު ލިބޭނެ

އަލީ އަފާފު ރަމީޒު

ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ގެންގުޅޭ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް އުރީދޫ 5ޖީ މިހާރު ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫން ބުނީ ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާއަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި 5ޖީގެ ހަލުވި ސްޕީޑް މިހާރު ލިބޭނެ ކަމަށެވެ.

އުރީދޫގެ 5ޖީ ނެޓްވޯކާއެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތް ވެސް އެކުންފުނިން ވަނީ ދާދި ފަހުން މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތަކާއި ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމެނޭ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އުރީދޫން ބުނީ 5ޖީ ޓެކްނޮލޮޖީއާއެކު ހައިސްޕީޑްގެ އިތުރުން އިންޓަނެޓާ ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ. އަދި އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމު އަދި ސީރީޒް ޑައުންލޯޑްކޮށް ނުވަތަ ސްޓްރީމް ކޮށްލަން ގިނަ ވަގުތު ނުނަގާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.