ޚަބަރު

ޑިންގީއެއްގައި ބިދޭސީއަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި

ޑިންގީއެއްގައި ބިދޭސީއަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ވ. އަންބާރާ ކައިރިން ދަތުރުކުރަމުން ދިޔަ "މޯލްޑިވިއާނާ" ނަމަކަށް ކިޔާ ސަފާރީއަކަށް، ހާލުގައި ޖެހި އޮޔާދާ ޑިންގީއެއްގައި ބިދޭސީއަކު އިންދާ ފެނިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފަށް އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 5:12 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ އެމީހާ މިހާރު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސް، ވ. ފެލިދުއަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެމީހާގެ ޑޮކިއުމެންޓްތަކުން އެއީ ލަންކާ މީހެއް ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.