ޚަބަރު

ޖާބިރަށް ޕްރައިމަރީ ކާމިޔާބުކުރެވޭ ގޮތެއް ނުވި!

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އިންތިހާބުން ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ބަލިވެއްޖެ އެވެ.

ޖާބިރު މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލާފައިވަނީ ކާށިދޫ ދާއިރާއަށެވެ.

އޭނާއާއެކު އެ ދާއިރާއަށް ކުރިމަތިލައްވާފައިވަނީ އަބްދުﷲ ރިފްއަތެވެ. ޕްރައިމަރީގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޖާބިރަށް ލިބިފައިވަނީ 203 ވޯޓެވެ. އަދި ރިފްއަތަށް ލިބިފައިވަނީ 421 ވޯޓެވެ.

ޖާބިރު ވަނީ މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ.