ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އިންތިހާބު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރައްވައިފި އެވެ.
ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލައްވާފައިވަނީ މައްޗަންގޮޅި މެދު ދާއިރާއަށެވެ.
އެމަނިކުފާނާއެކު އެ ދާއިރާއަށް ޕްރައިމަރީގައި ކުރިމަތިލައްވާފައިވަނީ އައިޝަތު އަލައިކާ އަދުނާނެވެ.
ޕްރައިމަރީގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ރައީސް ނަޝީދަށް ވަނީ 267 ވޯޓު ލިބިވަޑައިގެންފައެވެ. އަދި އަލައިކާއަށް 52 ވޯޓު ވަނީ ލިބިފައެވެ.
މައްޗަންގޮޅި މެދު ދާއިރާއަށް ވޯޓުލާފައިވާ ރައްޔިތުންގެ ޖުމްލަ އަދަދަަކީ 325 އެވެ. އޭގެ ތެރެއިން 319 ވޯޓަކީ ސައްހަ ވޯޓަށް ވާއިރު ހަ ވޯޓަކީ ބާތިލު ވޯޓެވެ.