ޚަބަރު

ތިން މީހުންނާއެކު ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

އަހުމަދު ޖައިޝަން

ގދ.ތިނަދޫއިން ތިން މީހުންނާއެކު ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފުން ދޯނި ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި "ފްރެޝް" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނުވެގެން ރިޕޯޓުކޮށްފައި ވަނީ މިއަދު 1845 ހާއިރު ކަމަށެވެ.

އެ ދޯންޏަށް އެންމެ ފަހުން ގުޅިފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ 1911ހާއިރު ކަމަށާއި އެ ދޯނި އޭރު އޮތީ ގއ. ކޮލަމާފުށި ކައިރީ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެ ދޯންޏަކީ ދިގުމިނުގައި 17 މީޓަރު ހުރި ބޭރުގައި ގަދަނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެކެވެ.