އެމްޑީޕީގެ މުސްތަގުބަލު އޮންނާނީ ޑިމޮކްރަސީއަށް ފަހިވާ ގޮތަށް ފުރިހަމައަށް ރައްޔިތުންގެ ބަސް ބުނެވޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ފެންނަމުން ދަނީ ރާއްޖޭގެ ޑިމޮކްރަސީ ހަމައަކަށް އެޅެމުން ދާތަން ކަމަށެވެ.
އަދި އެމްޑީޕީން މިއަދު ކުރިއަށްދާ ޕްރައިމަރީ އިންތިހާބަކީ ޑިމޮކްރަސީ ފައްކާ ކުރުމަށްޓަކައި ހުޅުވިގެންދާ އިތުރު ދޮރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަށް މިދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ވިސްނުން ހުރި ގޮތް ފާޅުކުރުމަށް އަބަދުވެސް އެދިއެދި ތިބިތަން،" އެމަނިކުފާނު ވިދާޅުވިއެވެ.