ބ. ދަރަވަންދޫގެ 3000 އަކަފޫޓުގެ ސަރަހައްދެއްގައި އަލިފާން ރޯވެއްޖެއެވެ.
ފުލުހުން ބުނީ ދަރަވަންދޫގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު އިރުއޮއްސި 6:10ގައި ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތުގައި ދަރަވަންދޫ ޕޮލިސް ޑެސްކުންނާއި އެ ރަށު ކައުންސިލުން ވެސް ބައިވެރިވެފައިވާ ކަމަށެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި އަލިފާން ރޯވެފައިވަނީ އެއާޕޯޓުގެ ރަންވޭގެ ހުޅަނގުކޮޅު ވަލުތެރޭގައި ކަމަށާއި އަލިފާން ނިއްވުމަށް އެއާޕޯޓު ފަޔާ ލޮރީ ބޭނުންކޮށްފައިވާ ކަމަށެވެ.
ދަރަވަންދޫގައި ހިނގި އަލިފާނުގެ ހާދިސާ މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.