ޚަބަރު

އިލްހާމް، އުނގޫފާރު ދާއިރާއަށް ކުރިމަތިލަނީ

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު، މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އުނގޫފާރު ދާއިރާއަށް ކުރިމަތިލާން ނިންމައިފި އެވެ.

އުނގޫފާރު ދާއިރާއަށް ކުރިމަތިލައްވަން ނިންމައި އިލްހާމް ވަނީ ކެމްޕެއިނަށް ހާއްސަ ފޭސްބުކް ޕޭޖެއް އިއްޔެ އާންމުކޮށްފައެވެ.

ދަނގެތި ދާއިރާގެ ކުރީން އިލްހާމް ފުރުއްވީ އޭނާގެ އުފަން ރަށް ގެމަނަފުށި ދާއިރާއެވެ.

އުނގޫފާރު ދާއިރާއަށް އިލްހާމް ކުރިމަތިލައްވާއިރު އެ ދާއިރާގެ މަޖިލިސް މެމްބަރަކަށް މިހާރު ހުންނެވީ ޖައުފަރު ދާއޫދެވެ. އޭނާއަކީ ޕީޕީއެމްގެ މެމްބަރެކެވެ.

މީގެކުރީން ޑީއާރުޕީ އާއި ޕީޕީއެމްގެ އިސް މަގާމުގައި މަސައްކަތްކުރައްވާފައިވާ އިލްހާމް ވަނީ މިދިޔަ އަހަރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފައެވެ.