ޚަބަރު

ނާޒިމާ ރައްޔިތުންގެ މަޖިލީހަށް ވާދަކުރަނީ

އަހުމަދު ޖައިޝަން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސް އަދި މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ނިންމައިފި އެވެ.

އަަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނާޒިމާ ވާދަކުރައްވާނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. ނާޒިމާ ވަނީ މިިދިޔަ އާދިއްތަ ދުވަހުގެ ރޭ އެ ޕާޓީއަށް ސޮއިކުރައްވައިފައެވެ.

ނާޒިމާ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާނީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ.

ފޭސްބުކްގައި ނާޒިމާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހަށް ވާދަކުރައްވަން ނިންމެވީ އޭނާގެ އަމިއްލަ ދާއިރާ ތަމްސީލުކުރައްވަން ކަމަށެވެ.