ރިހިވެލި ބީޗްގެ ދެކުނުން ބޭރު ކަނޑުގައި "އީކުއޭޓަރ" ނަމަކަށް ކިޔާ ސަފާރީއެއް ދިޔަވާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރި ވާން ފަށައިފިއެވެ.
99 ފޫޓްގެ މިސަފާރީ ދިޔަވާން މެދުވެރިވީ މޫސުން ގޯސްވެ ވިލާގަނޑެއްގައި ޖެހިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ސަފާރީގައި 12 ފަތުރުވެރިންނާއި ދެ ޓުއާ ގައިޑުން ގެ އިތުރުން ހަ ފަޅުވެރިން ތިއްބެވެ.
މިހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު މެންދުރު 14:00 ގަ އެވެ.