ސެނަހިޔާ ހޮސްޕިޓަލް ކައިރިން ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިރޭ 9:27 ހާއިރު ލިބިފައިވާ ކަމަށާއި އެ ދެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 51 އަހަރުގެ ފިރިހެނަކަށާއި 40 އަހަރުގެ އަންހެނަކަށް ކަމަށާއި ދެ މީހުންނަށް ވެސް ސެނަހިޔާގައި ފަރުވާދިނުމަށް ފަހު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ރިންގް ރޯޑުން ދުއްވާފައި އައި ދެ ސައިކަލް ބުރުޒު މަގަށް އަޅަން އުޅުމުގެ ތެރޭގައެވެ. އަދި އަނިޔާވި ދެ މީހުންނަކީ އެއް ސައިކަލެއްގައި ތިބި ދެ މީހުން ކަމަށާއި އަނެއް ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.