ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް އިތުރު ޓީވީ ޗެނަލަކަށް ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) އިން މިއަދު ލައިސަންސް ދޫކޮށްފިއެވެ.
ބްރޯޑްކޮމުން ލައިސަންސް ދޫކޮށްފައިވަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑްގެ "މޯލްޑިވްސް ބިޒްނަސް ނެޓްވޯކް (އެމްބީއެން)" ކިޔާ ޓީވީ ޗެނަލަކަށެވެ. އެންބީއެމް އަކީ
އެންބީއެމްއަށް މުޅި ރާއްޖެއަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ އިރު، ލައިސަންސްގެ މުއްދަތު ހަމަވާނީ 6 ފެބްރުވަރީ 2031 ގައެވެ.
މުޅި ރާއްޖެއަށް ބްރޯޑްކާސްޓް ކުރުމާއި ރީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަަށް އެދުމުގެ ފުރުސަތު މެދުކަނޑާލައިފައި އޮތުމަށް ފަހު އެ ހިދުމަތަށް އަލުން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
މިހާތަނަށް ބްރޯޑްކޮމުން ވަނީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް 39 ފަރާތަކަށް އަދި ރީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް 100 އަށް ވުރެ ގިނަ ފަރާތަކަށް ދޫކޮށްފައެވެ.