ކ. މާފުށީގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަމުން ދިޔަ ބިދޭސީއަކަށް ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ގާތްގަނޑަކަށް 1130 ހާއިރު މަރުވެފައިވަނީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލްގެ ނައިބު ރައީސް ނަޝީދާ އާދަމް ވިދާޅުވީ މައުލޫމާތު ލިބޭގޮތުގައި މިއަދު 10:00ހާއިރު އެ ބިދޭސީ މީހާ މަރުކަޒަށް ގޮސްފައިވަނީ މެއަށް ތަދެއް އަރައިގެން ކަމަށެވެ.
"މީހުން ބުނަނީ އަމިއްލައަށް ހިނގާލާފައި ކަމަށް މަރުކަޒަށް ދިޔައީވެސް،" އޭނާ ވިދާޅުވިއެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.