ޚަބަރު

ރާއްޖޭގެ ހުރިހާ ޓުއަރިސްޓް ފެސިލިޓީތައް އިންސްޕެކްޓްކުރަން ނިންމައިފި

އަހުމަދު ޖައިޝަން

ރާއްޖޭގައި ހިންގާ ޓުއަރިސްޓް ރިޒޯޓުތަކާއި ގެސްޓްހައުސްތަކާއި ހޮޓާތައް އަދި ސަފާރީތައް އިންސްޕެކްޓު ކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

މިހާރު ޓުއަރިޒަމް މިނިސްޓްރީގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ހަ މަހާއި އަށް މަހާ ދެމެދު ހުރިހާ ޓުއަރިސްޓް ފެސިލިޓީތައް އިންސްޕެކްޓް ކުރާނެ ކަމަށެވެ.

އެ މަސައްކަތަކީ ވަކި ބަޔަކާ ދެކޮޅަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި އެ މަސައްކަތަކީ ރިޒޯޓުތަކުގައި ހުރި ބައެއް މައްސަލަތައް ފާހަގަކޮށް ރަނގަޅުކުރުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޓުއަރިޒަމް ދާއިރާގައި ދާދި ފަހުން ހިނގާފައިވާ ހިތާމަވެރި ހާދިސާތަކާ ގުޅިގެން އެކަންތައް ތަކުރާރުވިޔަ ނުދިނުމަށްތަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން މަސައްކަތްތަކެއް ފެށުމަށް ނިންމަވާފައިވާ ކަމަށް ވެސް އަލީވަހީދުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ.