ޗާޓާޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ސީއައިއެމް)ގެ ކޮލިފިކޭޝަނާ ގުޅޭގޮތުން ކޯޕަރޭޓް މޯލްޑިވްސް އެކެޑެމީ (ސީއެމްއޭ)އިން މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ނިންމައިފި އެވެ.
ކޯޕަރޭޓް މޯލްޑިވްސްއިން ބުނީ އެ މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށްދާނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެރޭ 08:00 އިން ފެށިގެން 10:00އަށް ކަމަށެވެ.
އެ ސެޝަންގައި ކޮލިފިކޭޝަން ލެވެލް އާއި އެލިޖިބިލިޓީ ކްރައިޓީރިއާ ގުޅޭގޮތުން މައުލޫމާތު ދޭނެ ކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެއެވެ.
ސީއައިއެމް އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ މާކެޓިން ކޮލިފިކޭޝަނެކެވެ. އެ ކޮލިފިކޭޝަނަކީ ޔޫރަޕިއަން މާކެޓިން ކޮންފެޑެރޭޝަނުން އެކްރެޑިޓްކޮށްފައިވާ ކޮލިފިކޭޝަނެކެވެ.