ޚަބަރު

ކުރީގެ އުއްތަމަ ފަނޑިޔާރާއި، ޢަލީ ހަމީދާއި ހަސަން ސައީދުގެ ކޮރަޕްޝަންގެ މައްސަލައެއް އޭސިސީއަށް!

ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ހަމީދާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދުގެ ހިޔާނާތުގެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި ކަމަށް "ވަން އޮންލައިން" އަށް ކަށަވަރު ވެއްޖެ އެވެ.

އެ މައްސަލަ އޭސީސީއަށް ފޮނުވާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

އެ ޑިޕާޓްމަންޓުން އެކަށް ދޮގުކޮށްފައެއްނުވެ އެވެ.

އެ ޑިޕާޓްމަންޓުން ބުނީ އިންޓާނަލް އޮޑިޓަކުން ފާހަގަކުރެވުނު މައްސަލަތަކެއް އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ.

އެ ތިންބޭފުޅުންގެ މައްސަލަ އޭސީސީއަށް ފޮނުވިކަން ވަނީ، ޕީއެސްއެމް އިން ވެސް ރިޕޯޓް ކޮށްފަ އެވެ.

ޕީއެސްއެމް އިން ބުނެފައިވަނީ، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަން ކަށަވަރުކޮށްދީފައިވާ ކަމަށާއި، ނަމަވެސް އިތުރު މަޢުލޫމާތެއް ހާމަކޮށްފައި ނުވާ ކަމަށެވެ.