ޚަބަރު

ހުޅުމާލޭގައި ޒުވާން އަންހެނަކު މަރުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އަހުމަދު ޖައިޝަން

ހުޅުމާލޭ ގައި ޒުވާން އަންހެނަކު މަރުވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން އޮންލައިން" އަށް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ހުޅުމާލޭގައި މަރުވެފައި ވަނީ ހުޅުމާލެ، މުރަކަ -7، އާއިޝަތު ވިިިިިިިިިިިިިިިިިިިިޝާމާ، 27އ އެވެ. "ވަން އޮންލައިިިިިިިިިިިިިިިިިން" އަށް އެނގިފައިވާ، ވިޝާމާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފަ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ވިޝާމާ މަރުވެފައި ވަނީ ޑްރަގް އޯވަޑޯޒް ވެގެންނެވެ. އޭނާ ބޭނުންކުރީ ޕާޓީ ޑްރަގު ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ހަމަ އެއާއެކު މާލެ އިންވެސް ޒުވާނަކު މަރުވެފައި އޮތް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވަން އޮންލައިންއަށް މައުލޫމާތު ދިން ގޮތުގައި މީހަކު މަރުވެގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަވެސް މިހާރު ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.