ލައިފް ސްޓައިލް

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރަންޓް ވަރަށް އަވަހަށް ހުޅުވަނީ

1

ނޯރވޭގެ ސަދަރންމޯސްޓް ޓިޕް ކައިރީ ނޯރތް ސީ ގެ ފަސްމީޓަރު އަޑިއަށް ވާ ގޮތަށް ހަދާ ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރަންޓް ހަދާ ނިމި ހުޅުވަން ކައިރިވެއްޖެއެވެ.

110 ފޫޓް ދިގުމިނުގައި ހުންނަ މި ރެސްޓޯރަންޓް އަކީ ޖުލައި 2018 ގައި ހަދަން ފެށި ތަނެކެވެ. ސްޕްރިންގ 2019 އަށް ހުޅުވަން ހަމަޖެހިފައިވާ މި ރެސްޓޯރަންޓްގެ ބޮޑުބައި ނިމި މިހާރު ކުރިއަށް ދަނީ އިންޓީރިއާގެ މަސައްކަތްތަކެވެ.

"އަންޑަރ" ގެ ނަމުން ނަންދީފައިވާ މި ރެސްޓޯރަންޓަކީ ނޯވޭރިއަން ކުންފުންޏަކުން ޑިޒައިންކޮށްފައިވާ ތަނެކެވެ. ތަން ހަދާ ނިމޭއިރު 100 މީހުނަށް އެކީގައި ހިދުމަތް ދެވޭއިރު ތަނުގައި 5300 އަކަ ފޫޓޫގެ ތިން ބުރި ހުރެއެވެ. މި ރެސްޓޯރަންޓުން ކަނޑުއަޑީގެ ރީތި މަންޒަރުތައް ވަށައިގެން ފެންނަމުން ދާނެއެވެ.

ރެސްޓޯރަންޓަށް ވަނުމަށް ބިއްލޫރިން ބްރިޖެއް ހަދާފާވާއިރު ކަނޑު ގަދަވެ ރާޅު ތަކާއި ވައިން ރައްކާތެރުކުރުމަށް ތަން ހަދާފައިވަނީ ވަށްކޮށެވެ.

ޑެނިޝް ހެޑް ޝެފެއް ކަމަށްވާ ނިކޮލައި އެލިޓްސްގާރޑް ޕިޑަރސެން ގެ މީރު ކެއުންތައް މި ރެސްޓޯރަންޓުން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ސީފުޑްގެ ބާވަތްތަކާއި، މަޝްރޫމް އަދި ބެރީސް ހިމެނޭ ކާނާ ހިމެނެއެވެ.

ތަނުގެ ހިތްގައިމުކަން ވަށައިގެން ފެންނައިރު އެންމެ ބޮޑު ކުޑަ ދޮރުން ކަނޑުގައި އުޅޭ މަހާއި، ލޮބްސްޓަރ އަދި ސީލްވެސް ފެނެއެވެ.

އޭޕްރީލް 2019 އަށް މިހާރުން ފެށިގެން ރެސްޓޯރަންޓަށް ރިޒަވޭޝަންތައް ނަގަމުން އަންނައިރު ސަމަރ ސީޒަނުގައި ތަނުގެ އެވޭލަބިލިޓީ މިހާރުވެސް ވަރަށް ލިމިޓެޑް ކަމަށް ރެސްޓޯރަންޓް މެނޭޖް ކުރާ ފަރާތުން ބުނެއެވެ.

އެމީހުން އިތުރަށް ބުނިގޮތުގައި މި ތަނަށް ދިއުމަށް އެންމެ ރަނގަޅީ ވައިގަދަ ދުވަސްވަރެވެ. ކަނޑު އަޑީގެ މަންޒަރުތައް ވިއްސާރަ އާއި އެކު ބަލައިލެވޭއިރު ރެސްޓޯރަންޓް ތެރޭގައި ހިތްގައިމު މީރު ކެއުން އިންސާފު ކުރެވުމުން ދާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟