ޖުޑީޝަލް ސާވިސް ކޮމިޝަން

ސުއޫދު ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި

ޝަހީދާ އަބްދުﷲ ސައީދު

1

ވީނުވީ ނޭނގި ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަނުގެ ރައީސް، އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނު ސުއޫދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފި އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސުއޫދު ޖޭއެސްސީއަށް ހާޒިރުކުރަނީ ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން އޮންނަ ކަމަށް ވިދާޅުވެ އޭނާ ދައްކަވައިފައިވާ ވާހަކަތަކާ ގުޅިގެންނެވެ.

ދާދި ދެންމެ ސުުއޫދު ވަން އޮންލައިނަށް ވިދާޅުވީ އަންނަ އާދިއްތަ ދުވަހު މެންދުރުފަހު 02:00 އަށްޖޭއެސްސީއަށް ހާޒިރުވާން އަންގާފައިފާ ކަމަށެވެ.

"އާދެ އަންގާފަ އެބަ އޮތް. އެއީ ނިއުސް ކޮންފަރެންސްގައި ދެއްކި ވާހަކަތަކާ ގުޅިގެން." ސުއޫދު ވިދާޅުވި އެވެ.

ތަފްސީލު އަންނަނީ

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟