ޚަބަރު

ރައީސް ސޯލިހު ޔޫއޭއީ ދަތުރުފުޅު ނިންމައިވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރެއްވި ރަސްމީ ދަަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ޔޫއޭއީއަށް ފުރާ ވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގައެވެ.

އެ ދަތުރުފުޅަކީ ޔޫއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

އެ ދަތުރުފުޅުގައި "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ހަފްލާގައި ރައީސް ސޯލިހު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދުވެސް އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.