އިބްރާހިމް ޒަކީ
ހިތާމަވެރި ހާދިސާތަކުގައި ފަތުރުވެރިން މަރުވަމުންދާ މައްސަލައިގައި، ޤާނޫނާއި ޤަވާއިދުތައް އިސްލާހު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ފާއިތުވި ހަފްތާގައި ކައިރިކައިރީގައި މަރުގެ ހާދިސާތަކެއް ހިނގާފައިވާއިރު، ޓޫރިޒަމް މިނިސްޓަރު މިއަދު ކުރެއްްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެފަދަ ކަންކުރުމަށްޓަކައި ކުރިއަށް އޮތްތަނުގައި ޤާނޫޫނާއި ޤަވާއިދުތައް އިސްލާހްކުރާނެކަމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަންކަން މި ސަރުކާރުން ކުރައްވާނެ ނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައިވަނީ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާކަމަށެވެ.
ޖުމޭރާ ވިޓަވެލި ރިސޯޓުގައި މަސައްކަތްކުރާ ފިލިޕީންސް މީހަކު ރޭގަވެސް ވަނީ މަރުވެފަ އެވެ.
ވޭތުވެ ދިޔަ ހަފްތާގައި ހިނގާފައިވާ މިފަދަ ހާދިސާތަކުގައި 4 ފަތުރުވެރިން މަރުވެފައިވެ އެވެ.